ޚަބަރު

ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް 2020-2021 ސްކޮލަރޝިޕް ޢިއުލާން ކުރުން
މި ޚަބަރު ޝާއިޢުކުރީ 02/10/2020

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް 2020-2021 ސްކޮލަރޝިޕް ސެޕްޓެމްބަރ 28 ވަނަ ދުވަހު ވަނީ ޢިއުލާނު ކޮށް ގެޒެޓްކޮށްފައެވެ.

 

ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ސްކޮލަރޝިޕްގައި 4 ފުރުސަތު އެމް.ބީ.ބީ.އެސް އަދި 01 ފުރުސަތު ބެޗެލަރ އޮފް ޑެންޓިސްޓްރީއަށް  ވަނީ ދެއްވާފައެވެ. މި ކޯސްތަކުގައި ކިޔެވުމަށް ޕާކިސްތާނުގެ 14 ޔުނިވަރސިޓީއެއްވަނީ ލިސްޓްކުރެވިފައެވެ. ބެޗެލަރސް ޑިގްރީ ލެވެލްގެ މި ކޯސްތަކަށް އެދި ހުށަހަޅާއިރު  ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީ.ސީ.އީ އޯލެވެލް /އައި.ޖީ.ސީ.އެސް.ސީ /އެސް.އެސް.ސީ އިމްތިހާނުގެ 05 މާއްދާއިން ‘ސީ’ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކުރައްވައިފުމާއި ޖީ.ސީ.އޭ ލެވެލް ތިން މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކުރައްވައިފައިވުން ހިމެނެއެވެ.)މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބަޔޮލޮޖީ، ފިޒިކްސް ނުވަތަ ހިސާބު ހިމެނެންވާނެއެވެ.(ތއަދި މީގެ އިތުރުންވެސް ހުރި ޝަރުތުތައް ވަރަށް ތަފްސީލުކޮށް ޢިއުލާންގައިވަނީ ހިމަނާފައެވެ.

 

މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ގެ ފަރާތުންނެވެ.

އަދި މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.މި ސްކޮލަރޝިޕް ކޮލެޖްތަކުގެ ހޮސްޓެލް ފީ އަކީ ކެއުމުގެ ޚަރަދު ނުލާ މަހަކު 150$  އާއި 200$ އާއި ދެމެދުގެ އަދަދެކެވެ.ތިރީގައި މިވަނީ މި ސްކޮލަރޝިޕްގެ ދަށުން ހަމަޖެހިފައިވާ ފުރުސަތުތަކާއި އަދަދާއި އެފުރުސަތުތަކުގެ ސަބްސިޑައިޒްޑް ފީގެ މައުލޫމާތެވެ.

މި ކޯސްތަކަށް އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތަކުގެ ތަފްސީލް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވަނީ އެކެޑެމިކް މެރިޓްއަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މި ގޮތަށް ޕޮއިންޓް ދޭ ގޮތުގެ ތަފްސީލް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި ފެންނަން ހުންނާނެއެވެ.

 

މި ސްކޮލަރޝިޕްގެ ފުރުސަތުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާނީ ‘މައި އެޑިޔު’ ޕޯޓަލް މެދުވެރިކޮށެވެ. އަދި މި ސްކޮލަރޝިޕްއަށް އެދިލެއްވުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 1330 ގެ ކުރިންނެވެ.

ފަހުގެ ބައެއް ޚަބަރު