ޚަބަރު

ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރއެއް ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ރަޖިސްޓްރީ ކުރެވި، ކޮލިޓީ އެޝުއަރެންސް އެއްބަސްވުމުގައި ސޮއިކޮށްފި
މި ޚަބަރު ޝާއިޢުކުރީ 31/01/2022

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެ  މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވުނު ހަފްލާއެއްގަ އެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ވަނީ ޓްރޭޑް ޓެސްޓިންގ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

 މިއާއެކު، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ވެގެން ގޮސްފައިވަނީ ފުރަތަމަ ޕްރައިވެޓް ޓްރޭޑް ޓެސްޓިންގް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮއްދެވުނު ފަރާތަށެވެ. 

އެންމެ ފުރަތަމަ ޓްރޭޑް ޓެސްޓިންގް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިޓެކްނިކް އެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކް އިން ދަނީ ޓްރޭޑް ޓެސްޓިންގެ ޕްރޮގަރާމްތައް ކުރިއަށް ގެންދަމުންނެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސަރޓިފިކޭޝަން އަކީ ޓިވެޓް ނިޒާމުގެ ތެރެއިން ފަންނީ މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް، ސަނަދު ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 13 ޖުލައި 2021 ގައި ގެޒެޓް ކުރެވިފައިވާ ގަވާއިދެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ކަނޑައަޅާ އެންމެހައި ހުނަރުތައް ހާސިލުވެފައިވާކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

ފަހުގެ ބައެއް ޚަބަރު