ޚަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަންއާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް އާއި ބައްދަލުކުރައްވައިފި
މި ޚަބަރު ޝާއިޢުކުރީ 05/07/2020

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް އާއި އެކު ދެ މިނިސްޓްރީގެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.

 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ "ނިރު ޕޯޓަލް" މެދުވެރިކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރަމުންދާ މަސައްކަތަތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާއި ޕޯޓަލް ބޭނުން ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ބދަލުތަކެއް ގެނައުމާއި ބެހޭ ގޮތުންނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ "މައިއެޑިއު ޕޯޓަލް" ބޭނުންކުރުމުގައި ދަރިވަރުންނަށް ހުރި ދަތިތައް ހައްލު ކުރުމާއި ޕޯޓަލް އިތުރަށް ފުރިހަމަކުރުމަށް ގެނެވިދާނެ ބަދަލުތަކާއި ބެހޭ ގޮތުންނެވެ.

 

އަދި މިނިސްޓްރީ އޮސް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް އަށާއި މިނިސްޓްރިގެ އިސް މުވައްޒަފުން އަދި އެން.ސީ.އައި.ޓީ ގެ މުވައްޒަފުން ޕޯޓަލްތައް ފަރުމާ ކުރުމުގައި ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވެމަށް މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ޝުކުރު އަދާކުރެއްވިއެވެ.

ފަހުގެ ބައެއް ޚަބަރު