މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ކައުންސިލަށާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) މަޖިލީހަށް އެ ދެ ޔުނިވަރސިޓީ ގެ ޤާނޫނުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އައްޔަންކުރަން ކަނޑައަޅާފައިވާ 8 މެންބަރުން އައްޔަންކުރައްވައި އެ ބޭފުޅުންނާ މިއަދު ހެދުނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ބައްދަލުކުރައްވައިފިއެވެ.
އެމް.އެން.ޔޫ ކައުންސިލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
އައި.ޔޫ.އެމް މަޖިލީހަށް އައްޔަންކުރެއްވީ:
މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި އެމް.އެން.ޔޫ ކައުންސިލަށާއި އައި.ޔޫ.އެމް މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަތީ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރަށް މަސައްކަތްކުރުމުގެ މުހިއްމުކަމާއި ޤައުމަށް ބޭނުންވާ ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްވާނޭ ގޮތަކަށް ޔުނިވަރސިޓީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމުގެ މުހިއްމުކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ފާހަގަކުރެއްވިއެވެ.
އެމް.އެން.ޔޫ ގެ ކައުންސިލްގައި މިނިސްޓްރީ އޮފް ހަޔަރ އެޑއިޔުކޭޝަނުން އައްޔަންކުރާ 8 މެންބަރުންނާއިއެކު ޖުމްލަ 17 މެންބަރުން ތިއްބަވާނެއެވެ. އަދި އައި.ޔޫ.އެމް މަޖިލީހުގައި ވެސް ހަމަ މިއަދަދަށް މެންބަރުން ތިއްބަވާނެއެވެ.
ޔުނިވަރސިޓީ ގެ ސިޔާސަތުތައް އެކަށަހަޅާ މުހިއްމު ނިންމުންތައް ނިންމާނީ އެމް.އެން.ޔޫ ގައި ނަމަ އެ ޔުނިވަރސިޓީ ގެ ކައުންސިލުން އަދި އައި.ޔޫ.އެމް ގައި ނަމަ އެ ޔުނިވަރސިޓީ ގެ މަޖިލީހުންނެވެ.
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަށް އަލަށް އައްޔަންކުރެވުނު ކަ...