ޚަބަރު

އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލު ކޮށްފި
މި ޚަބަރު ޝާއިޢުކުރީ 11/05/2022

މި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާ، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށް ވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

މި އިންސްޓިޓިއުޓްގައި އަޅާ ކްލާސްރޫމް ،ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ. އެހެންކަމުން އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކެޕޭސިޓީ މި އިންސްޓިޓިއުޓްގައި ހުންނާނެއެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓަށް ހަވާލު ކުރެވިފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ތަނުގެ ބޮޑުމިން

  • ބިމުގެ ބޮޑުމިން: 38328 އަކަފޫޓް
  • ބިލްޓް-އަޕް އޭރިއާ: އިންސްޓިޓިއުޓް ބޮލޮކް : 7580.59 އަކަފޫޓް ، ބޯޓްޔާޑް: 3991.58 އަކަފޫޓް ، އެކޮމޮޑޭޝަން ބްލޮކް: 10290.62 އަކަފޫޓް ، އެކްޓިވިޓީ އޭރިއާ: 6183.22 އަކަފޫޓް
  • އެކޮމޮޑޭޝަން ދަރިވަރުންގެ ޖާގަ : 58 ދަރިވަރުންނަށް އެއްފަހަރާ ތިބެވޭ

ތަން ޚާއްސަކުރެވިފައިވާ ދާއިރާ : ބޯޓް ބިލްޑިންގ ދާއިރާއިން ވޮކޭޝަނަލް ކޯސްތައް

ތަނުގައި ހުންނާނެ ފެސިލިޓީސް:  

  • 6 ކްލާސް ރޫމް
  • އައި.ސީ.ޓީ ލެބޯޓަރީ
  • ބޯޓް ޔާޑް
  • ކާޕެންޓްރީ ވޯކްޝޮޕް
  • މެޝިން ވޯކްޝޮޕް
  • މަލްޓި-ޕާޕަސް ވޯކްޝޮޕް
  • އެޑްމިނިސްޓްރޭޓިވް ސާވިސަސް
  • ސްޓާފް ރޫމް
  • ސްޓޫޑަންޓް ސަރވިސަސް
  • މީޓިންގ ރޫމް
  • ސްޓަޑީ ރޫމް
  • ޕްރޭޔާރ ރޫމް (ފިރިހެން އަދި އަންހެން)
  • ލައިބްރަރީ
  • އޮޑިޓޯރިއަމް
  • ފާޚާނާ (ފިރިހެން އަދި އަންހެން)
  • ސްޓޯރ

ސްޓޫޑަންޓް އެކޮމޮޑޭޝަން

  • 2-ޝެއަރިންގ އަދި 4 ޝެއަރިންގ ރޫމްސް (އެޓޭޗް ޓޮއިލެޓާއެކު)
  • ކިޗަން އަދި ޑައިނިންގ އޭރިއާ
  • ލޯންޑްރީ
  • ސްޓަޑީ ރޫމް އަދި ކޮމަން ރޫމްސް
  • އެކްޓިވިޓީ ސެންޓަރ
  • ޖިމް

ފަހުގެ ބައެއް ޚަބަރު