އޮސްޓްރޭލިޔާގެ ހައިކޮމިޝަން އަދި ޔުނިސެފާއި ގުޅިގެން 10 ޖޫން 2024ގައި މިނިސްޓްރީ އޮފް ހެލްތް އިން ވަނީ 'މެންޓަލް ހެލްތް ޕޮލިސީ ފޯރަމް' ނަމުގައި ފޯރަމެއް ބާއްވާފައެވެ.
މި ފޯރަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އުޑުވިލާގައި ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތް ޕޮލިސީ ފޯރަމް" އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެ، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދައިދިނުމުގެ މުޙިއްމު ކަމާއި މިފަދަ ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ފެންވަރެއްގައި ޙިދުމަތްތަށް ފޯރުކޮއްދިނުމާއި އެކު ސަރުކާރާއި ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމައްޓަކައި ގަވާޢިދުތަކާއި އުސޫލުތަށް އުފައްދައި ނަފްސާނީ ދުޅަހެޔެޔޮކަން އިތުރުކުރުމަށް މަސައްކަތުގެ މައިދާނުގެ އިތުރުން އާންމު މުޖުތަމަޢުގައި ކުރެވިދާނެ ކަންތައްތަކާއި މެދު ޙިޔާލު ފާޅުކޮށް މަޝަވާރާކުރުމަށް ބޭއްވުނު ފޯރަމަކެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ނަފްސާނީ ބަލިމަޑުކަމާއި ގުޅިގެން ފަރުވާއަށް އެދޭ ފަރާތްތަކުގެ އަދަދު ވަނީ ގިނަވެފައެވެ. ޑަބްލިއު.އެޗް.އޯ،ޔުނިސެފް އަދި ބޭރުގެ ކަމާއިގުޅުންހުރި އެހެނިހެން ފަރާތްތަކުގެ އެހީއާއި އެކު ދިވެހި ދަޢުލަތުން ވަނީ ދިވެހިރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމައްޓަކައި އެތަށް ފިޔަވަޅުތަކެއް އަޅުއްވާފައެވެ.