ގައުމުތައް ކުރިއަރާ ތަހުޒީބު ވެފައިވަނީ ތައުލީމަށް އިސްކަންދީގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިހާރު ބެންގަލޫރުގައި ކުރިއަށްދާ އޭޝިއަން ސަމިޓް އޮން އެޑިއުކޭޝަން އެންޑް ސްކިލްސް(އެސެސް)ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެވޭ ތައުލީމަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ގުޅުންހުރި ތަޖުރިބާތަކަށް ހެދުން ވަރަށް މުހިއްމު ކަމަށެވެ. 21 ވަނަ ގަރުނުގެ ހުނަރުތަކަށް ސަމާލުކަން ދެއްވުމާއި ބަނަވަމުންދާ ދުނިޔޭގައި އެހުނަރުތައް ތަރައްގީކުރުމުގެ މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ސަމިޓުގައި މިނިސްޓަރ ވަނީ ސަރުކާރުން އަތޮޅުތެރެއަށް ޓިވެޓް ފެތުރުމަށް ރާވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އޭހެ ތެރޭގައި ޓެކްނޮލޮޖީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި އެވެ.
އޭޝިއަން ސަމިޓް އޮން އެޑިއުކޭޝަން އެންޑް ސްކިލްސް(އެސެސް) ކުރިއަށްދާނީ މިމަހުގެ 19 އިން 21 އަށެވެ.
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...