ޚަބަރު

ކުޅުދުއްފުށީ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރާއި ކ.ތުލުސްދޫ ޕޮލިޓެކްނިކްގެ ކޮންސެޕްޗުއަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް މަސައްކަތް ފެށުން
މި ޚަބަރު ޝާއިޢުކުރީ 24/08/2021

މި މަޝްރޫޢުތަކަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން މަތީ ތަޢުލީމްދޭ މަރުކަޒުތައް ބިނާކޮށް،ހިންގުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށްގެން ޕަބްލިކް-ޕްރައިވެޓް-ޕާރޓްނަޝިޕް އުސޫލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކެކެވެ.

 

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސިއަރކް ޕްރައިވެޓް ލިމިޓެޑާ ހަވާކުރަނީ އެކޮމޮޑޭޝަން ބްލޮކަކާއެކު ކުޅުދުއްފުށީ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރާއި ކ.ތުލުސްދޫގައި ބިނާކުރުމަށް ޕްލޭން ކުރެވިފައިވާ ޕޮލިޓެކްނިކްގެ ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކުރުމެވެ.

އަތޮޅާއި ރަށް

މަތީ ތަޢުލީމުދޭ މަރުކަޒުގެ ބާވަތް

ކ.ތުލުސްދޫ

ޕޮލިޓެކްނިކް

ހދ. ކުޅުދުއްފުށި 

ޓިވެޓް ސެންޓަރ

 

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ސިއަރކް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސިރާޖެވެ.

ފަހުގެ ބައެއް ޚަބަރު