ޚަބަރު

ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރު ތަކާއި ޖޫނިއަރ ކޮލެޖުތަކުގެ ކޮންސެޕްޗުއަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް މަސައްކަތް ފެށުން
މި ޚަބަރު ޝާއިޢުކުރީ 23/08/2021

މި މަޝްރޫޢުތަކަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ޖޫނިއަރ ކޮލެޖް، ޕޮލިޓެކްނިކް އަދި ޓިވެޓް އިންސްޓިޓިއުޓްތައް ބިނާކޮށް،ހިންގުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށްގެން ޕަބްލިކް-ޕްރައިވެޓް-ޕާރޓްނަޝިޕް އުސޫލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓްތަކުގެ ތަފްޞީލް ތިރީގައިމިވަނީއެވެ.

 

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އިޕޮކް އެސޯސިއޭޓްސްއާ ހަވާކުރަނީ އެކޮމޮޑޭޝަން ބްލޮކަކާއެކު ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ޏ.ފުވައްމުލަކުގައާއި ރ.އަލިފުށީގައި އަދި ޖޫނިއަރ ކޮލެޖް ހއ.ދިއްދޫއާއި ނ.ކެނދިކުޅުދޫގައިޤާއިމުކުރުމަށްޓަކައި ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކުރުމެވެ.

އަތޮޅާއި ރަށް

މަތީ ތަޢުލީމުދޭ މަރުކަޒުގެ ބާވަތް

ނ.ކެނދިކުޅުދޫ

ޖޫނިއަރ ކޮލެޖް

ރ.އަލިފުށި

ޓިވެޓް ސެންޓަރ

ހ.އ. ދިއްދޫ

ޖޫނިއަރ ކޮލެޖް

ޏ.ފުވައްމުލައް

ޓިވެޓް ސެންޓަރ

 

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. އިޕޮކް އެސޯސިއޭޓްސް ގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާވިޔަތު އަބުދުއް ސައްތާރެވެ.

ފަހުގެ ބައެއް ޚަބަރު