ޚަބަރު

"ދާލަން: ދަ ބްރިޖް ޓު ޔުއަރ ފިއުޗަރ"
މި ޚަބަރު ޝާއިޢުކުރީ 04/03/2024

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ އެއްބާރުލުމާއެކު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ވަނީ، "ދާލަން: ދަ ބްރިޖް ޓު ޔުއަރ ފިއުޗަރ" ގެ ނަމުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގައި އެކްސްޕޯއެއް ބާއްވާފައެވެ. މިއީ، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމަށް އެދޭ ދަރިވަރުންނާއި މަސައްކަތުގެ މައިދާނަށް ނުކުތުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށާއި ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑައެޅުމައްޓަކައި އިރުޝާދު ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭއްވި އެކްސްޕޯއެކެވެ.

 

މި އެކްސްޕޯގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި ހިމެނޭ މޯލްޑިވްސް ޕޮލީޓެކްނިކް، މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓ، ލޭބަރ ރިލޭޝަން އެތޯރިޓ، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވަލޮޕްމެންޓް އެތޯރިޓ، ޖޮބް ސެންޓަރ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އިތުރުން ސަރުކާރުގެ ޙިއްޞާވާ ބައެއް ކުންފުނިތަކާއެކު ޖުމުލަ 15 ފަރާތަކުންވަނީ ބައިވެރި ވެފައެވެ.

އެކްސްޕޯގައި ބައިވެރިވި ފަރާތްތައް

• މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ލިމިޓެޑް

• ދިރާގް

• އައިލޭންޑް އޭވިއޭޝަން ސަރވިސް

• ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން

• މޯލިޑިވިސް އެއަރޕޯޓް ކޯންޕެނީ ލިމިޓެޑް

• މޯލްޑިވިސް ޕޯރޓްސް ލިމިޓެޑް

• ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް

 

ދިވެހި ސަރުކާރުގެ ހަފްތާ 14ގެ ދަށުން ހަޔަރ އެޑިޔުކޭޝަން ދާއިރާއަށް ކަނޑައެޅުނު 9 ވަޢުދު ގެ ކާމިޔާބީތައް ހިމެނޭ ފޮތެއްވަނީ މި އެކްސްޕޯގައި ނެރުއްވާފައެވެ. އެކާމިޔާބީތަކުގެ ތެރޭގައި، ކިއްސަރު ވަޑާމާއި ފެޝަން ޑިޒައިނިންގ ފަދަ އެތައް ދާއިރާތަކަށް ޒުވާނުން ބިނާކޮށް ނެރުމަށް ކަނޑައެޅުމާއި އެޒުވާނުންގެ ހުނަރުތައް އިޔާދަކޮށް އަށަގަނެވޭނެގޮތް ހެދުމާއި އެކު އެންމެން ޝާމިލުވާގޮތައް ވަޒީފާގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން ތިމާވެއްޓާއި ގުޅުން ހުރި ދާއިރާތަކުން ކޯސްތައް ފަރުމާކޮށް ، މީހުން ބިނާކުރުން ހިމެނެއެވެ. އަދި އަތޮޅުތަކަށް މަތީ ތައުލީމު ފުޅާކުރުމަށް ރަށްރަށުގައި ދަނާލް އެޅުމަށް ކަނޑައަޅައި ފުރުތަމަ ފަހަރަށް ޤައުމީ ރިސާޗް ގްރޭޑް ފަންޑެއް ޤައިމުކުރުން ހިމެނެއެވެ.