ޚަބަރު

ފެނަކައަކީ ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ގައުމީ ތަރައްގީ ގެނައުމުގެ ވަރަށް މުހިއްމު ޕާޓްނަރެއް: މިނިސްޓަރ
މި ޚަބަރު ޝާއިޢުކުރީ 06/03/2022

ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސާޗުން ހިންގި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސް(ފުނަރު ޕްރޮގްރާމް) ނިންމައި ދަރިވަރުންނަށް ސެޓެފިކެޓު ދިނުމަށް  ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްވަމުން މިނިސްޓަރ ވިދާޅުވީ ރޭ ސަނަދު ލިބިގެންދިޔަ އެޕްރެންޝިޕް ޕްރޮގްރާމަކީ ވަރަށް މުހިއްމު އިނީޝިއޭޓިވްއެއް ކަމަށާއި ފެނަކައަކީ ރާއްޖެއަށް ތަރައްގީގެންނަން ބޭނުންވާ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ.  ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރެވިފައިވާ ތަސައްވަރު ހާސިލް ކުރުމުގައި ފެނަކަ ވެގެން ދަނީ ވަރަށް މުހިއްމު ބައިވެރިއަކަށް ކަމަށް ވިދާޅުވިއެވެ.

" ރައްޔިތުންނަށް ފާގަތި ތާހިރު ދިރިއުޅުމެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ފެނަކަ އާދަޔާ ޚިލާފު ރޯލެއް ކުޅެމުންދޭ. އެހެންވީމާ މިހުރިހާ ސަބަބުތަކަށްޓަކައި ފެނަކައާއި އަޅުގަނޑުމެންގެ އެންމެންނާއި މިވަނީ ގުޅިލާމެހިފައި. ފެނަކައިގެ އެމްޑީއާއި އަޅުގަނޑުމެންގެ މި އުއްމީދުތަކާއި މިވަނީ ގުޅިލާމެހިފައި. " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެޕްރެންޝިޕް ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރު ކުރުމަށްޓަކައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ޕްރޮގްރާމެއް ކަމަށެވެ.  

ފެނަކަ އިންސްޓިޓިއުޓް އުފެދިގެން ދިޔައިރު، އެސްއޯއީތަކުން މިފަދަ އިންސްޓިޓިއުޓްތައް އުފައްދަނީ ކީއްކުރަންތޯ ގިނަ ބަޔަކު ސުވާލު އުފެދިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ 

އެ ފުރުސަތު ފެނަކައަށް ދިނީ ފެނަކައިން ވަރަށް މުހިއްމު ދާއިރާއަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރާތީއާއި އަދި ވަރަށް މުހިއްމު ދާއިރާއަކުން މައުލޫމާތު ދިނުމުގެ ފުރުސަތު އޮތްކަން ގަބޫލު ކުރެއްވޭތީކަމަށެވެ.

ފެނަކައިން އެޕްރެންޝިޕް ޕްރޮގްރާމް މިހާ ފުރިހަމައަށް ކުރުމަކީ ވަރަށް ރަނގަޅު ވަރަށް ބޮޑު ތަޖުރިބާތަކެއް އެޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އިންޖިނިއަރިން ކަހަލަ ދާއިރާއަކުން މަސައްކަތުގެ މާހަވްލުން މީހާ ނިކުންނަ އިރުގައި ޒަމާނީ މެޝިނަރީ ފެނުންއެކަށީގެންވޭ. ޒަމާނީ މެޝިނަރީގައި އަތްލަން ފުރުސަތުލިބުން. ފެނަކަ އިންސްޓްޓިއުޓުން ފޯރުކޮށްދޭ އެޕްރެންޝިޕް ޕްރޮގްރާމަކީ ހުރިހާ ގޮތަކުން ލާމަސީލު ޕްރޮގްރާމެކޭ. " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓްރީގެ ވިސްނުމަކީ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާކުރުމަށްޓަކައި ވީހާވެސް ގިނައިން ފުރުސަތުތައް ފަހިކޮށްދެއްވުން ކަމަށާއި އެކަން ކުރަން ތައްޔާރަށް ތިބި ކޮންމެ ބަޔަކާއި އެކު ވެސް ސަރުކާރުން މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޓޫޑެންޓް ލޯނަކީ ވެސް އެ މަގުސަދުގައި ހުޅުވާލި ފުރުސަތުތައް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަޒީފާ އަދާކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ވަޒީފާއެއްގެ އަޚުލާގު ހިފެހެއްޓުން ކަމަށެވެ. ތިމާއަކީ ވަޒީފާގެ އަޚުލާގު ނުހިފެހެއްޓޭ މީހެއްކަމަށްވާނަމަ ވަޒީފާގައި ކުރިއަށް ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. މިޒަމާނަކީ ކުޑަކުޑަ ތައުލީމަކާއި ތަމްރީނަކުން އަބަދު އެއް ވަޒީފާއެއްގައި ހުރުމުގެ ފުރުސަތު ފަހިވާނެ ޒަމާނެއް ނޫންކަމަށާއި އެހެންކަމުން ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައި ވިއަސް އިތުރަށް އިލްމު ހޯދާ އިތުރަށް ތަމްރީނު ވުމުގެ ޝައުގުވެރިކަން ބެހެއްޓެވުމަށް އެދިވަޑައިގެންނެވި އެވެ.

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި23 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.

އެ ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަށް ސަރަހައްދަކަށް އަމާޒުކޮށް އަށް ރަށެއްގައެވެ. އެއީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ޏ. ފުވައްމުލައް، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ސ. ހިތަދޫއެވެ.

ފަހުގެ ބައެއް ޚަބަރު