ޤުރުއާން ކޯސްތައް އޮންލައިންކޮށް ހިންގުމުގެ ހުއްދަ ދިނުމާއި ގުޅިގެން، ޤުރުޢާނާއި ބެހޭ ކޯސްތައް ހިންގާ މަތީތަޢުލީމް ފޯރުކޮށްދޭ އިންސްޓިޓިއުޓް ތަކާއި އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހަޔާއެޑިއުކޭޝަންގައި ބޭއްވި ބައްދަލުވުމުގައި ޤުރުއާން ކޯސްތައް ހިންގާ 15 ފަރާތަކުން ބައިވެރިވިއެވެ.
ޤުރުއާނުގެ ދާއިރާގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާކަން އެމްކިއުއޭއިން އިޢުލާން ކުރެއްވީ މި ހަފަތާތެރޭގައެވެ.
އެ ހުއްދައާއި އެކު މިހާރުން މިހާރަށްވެސް ޤުރުއާނާއި ގުޅޭ ވަކިކަހަލަ މާއްދާތަކެއް ކިޔަވައި ދެވޭނެއެވެ. އޭގެތެރޭގައި މަޢާނިލް ޤުރުޢާން އަދި ޢުލޫމުލް ޤުރުޢާން ހިމެނެއެވެ. އަދި ވަކި އުސޫލުތަކެއްގެ މަތިން އެހެން މާއްދާތައްވެސް ކިޔަވައިދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ. އޭގެ ތެރޭގައި ޠިލާވާ އަދި ޙިފްޛް ފަދަ ކޯސްތައް ހިމެނެއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ޤުރުއާން ކޯސް އަދި ޤުރުއާނާއި ގުޅޭ ކޮށްތައް ފަރުމާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރައްވާފައި ވެއެވެ.