ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓްރެކްޓަރސް ސިންގަޕޯރ އާއެކު މޯލްޑިވްސް ޕޮލިޓެކްނިކުން އެއްބަސްވުމެއްގައި މިއަދު ހެނދުނު ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ ހެވީ އިކުއިޕްމަންޓް ބޭނުންކުރުމުގެ ހުނަރާއި މަޢުލޫމާތު ދިވެހި ޒުވާނުންނަށް ލިބެންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ސިޔާސަތުތައް ރާވައި ތަންފީޒްކުރުމުގައި މަސައްކަތްތައް ކުރިޔަށް ގެންދަވަނީ އިންޑަސްޓްރީތަކާއި ވީހާވެސް ބޮޑަށް ގުޅިގެން ގާތުންކަން ފާހަގަ ކުރެއްވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ފާހަގަ ކުރެއްވި ގޮތުގައި ޓްރެކްޓަރސް ސިންގަޕޯރ އިން އުފައްދާފައިވާ އިކުއިޕްމަންޓް ރާއްޖޭގެ ކުންފުނިތަކުގައި މިހާރުވެސް ފުދޭ ވަރަކަށް ބޭނުން ކުރާއިރު މި އެއްބަސްވުމުގެ ދަށުން ތަމްރީންވާ ޒުވާނުންނަށް މި އިކުއިޕްމަންޓްތައް މަރާމާތުކޮށް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމުގެ ޚާއްޞަ ސެޓްފިކެޓެއްވެސް ލިބިގެން ދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން 15 ހަފްތާގެ ތަމްރީން ޕްރޮގްރާމެއް ކުރިޔަށްގެންދަން ރާވާފައިވާކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން މަޢުލޫމާތު ދެއްވައެވެ. މި ތަމްރީން ޕްރޮގްރާމުގައި ސެޓްފިކެޓް 4 އާއި ޑިޕްލޮމާ ހަދަމުންދާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ.
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...