މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ކިއު ސްޓަޑީ މެލޭޝިއާ އާއި އެކު އޮންލައިންކޮށް މިއަދު ބައްދަލުވެމެއް ވަނީ ބޭއްވިފައެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަތީ ތަޢުލީމާއި ތަމްރީނާއި އެކު ޤައުމީ ތަރައްޤީއަށް މީހުން ބިނާ ކުރުމާއި މެދުއެވެ.ކިއު ސްޓަޑީގެ ފަރާތުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފުލް އަދި ޕާޝަލް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ދިނުމަށް ވަނީ ޕްރޮޕޯސް ކުރައްވާފައެވެ.ސ
ކިއު ސްޓަޑީއިން ޕްރޮޕޯސް ކުރައްވާފައިވާ މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ 100 ސްކޮލަރޝިޕްގެ ތެރެއިން 90 ސްކޮލަރޝިޕް އަށް 50%ޓގެ ޑިސްކައުންޓްއެއް ޓިއުޝަން ފީ އަށް ދެއްވާ ގޮތަށް އަދި 10 ސްކޮލަރޝިޕް އަށް ހިލޭ ޓިއުޝަން ފީ ލިބޭ ގޮތަށެވެ.ހ
އަދި މީގެ އިތުރުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މެލޭޝިއާ ޔުނިވަރސިޓީ ތަކައް ޒިޔާރަތްކޮށް ޔުނިވަރސިޓީތަކާއި ގުޅިގެން ތައުލީމީ ދާއިރާއަށް އަދި ދިވެހިން ބިނާ ކުރުމަށް ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި،ހ ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއިއެކު ބައްދަލުވުންތަކެއް ބޭއްވުން ހިމެނެއެވެ.ހއަދި މީގެ އިތުރުން ސްޓާފް ޓްރެއިނިންގް ޕްރޮގްރާމްތަކާއި މަތީ ތަޢުލީމާއިބެހޭ ފޯރަމް އެއް ދިވެހިރާއްޖޭގައި ބޭއްވުމާއި މެދުވެސް މަޝްވަރާކުރެވުނެވެ.ހ
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...