މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. އެމް.އެން.ޔޫ އިސްވެރިންނާ ބައްދަލުކުރައްވާފައިވަނީ، 21 ނޮވެމްބަރ 2023 އަންގާރަ ދުވަހު މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި، މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ، މިނިސްޓަރާއި ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޙިލްމީއެވެ. އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. އަޙުމަދު ޝައުޤީއާއި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ބައިވެރިވެވަޑައިގަތެވެ.