ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާ މިނިސްޓަރ ބައްދަލުކުރައްވާފައިވަނީ 23 ނޮވެންބަރު 2023 ބުރާސްފަތި ދުވަހު މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި އައި.ޔޫ.އެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގަތެވެ. މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފައިވަނީ، މިނިސްޓަރާއި ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޙިލްމީއެވެ.
މި ދެ ބައްދަލުވުމުގައި ވެސް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ހަރުދަނާކަމާއެކު އެއް މިސްރާބަކަށް ގެންދިއުމާއި މެދުގައްޔާއި އިސްކަންދޭންޖެހޭ ކަންކަމާ މެދު މަޝްވަރާކުރައްވާފައި ވެއެވެ.