ޚަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.
މި ޚަބަރު ޝާއިޢުކުރީ 22/11/2023

ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ ގޮތުން އެކުލަވާލެވޭ އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބިލާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ޕެންޝަން އޮފީހުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ 22 ނޮވެމްބަރ 2023 ބުދަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި، މިނިސްޓަރާއި އަދި ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަތެވެ. ޕެންޝަން އޮފީހުގެ ފަރާތުން އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ސުޖާތާ ޙަލީމާއި އެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 
މި ބައްދަލުވުމުގައި މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމުކަމާއި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.