.މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަން “ސާކް މިނިސްޓަރސް އޮފް އެޑިޔުކޭޝަން/ހަޔަރ އެޑިޔުކޭޝަން އޮން އެޑިޔުކޭޝަން ސެކްޓަރސް ރިސްޕޮންސް ޓު ކޮވިޑް 19 ވަރޗުއަލް މީޓިންގް ގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ނޭޕާލްގެ ކަތަމަންޑޫގައި އިފްތިތާޙް ކުރެވުނު މި ވަރޗުއަލް ކޮންފަރެންސްގައި ސާކްގެ ހުރިހާ މެމްބަރ ސްޓޭޓްތަކުން ބައިވެރިވިއެވެ. އަދި ވަރޗުއަލްކޮށް ބޭއްވުނު މި ބައްދަލުވުމުގެ ޗެއާ އަކީ ނޭޕާލްގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން،ސައިންސް އެންޑް ޓެކްނޮލޮޖީ ހޮނަރަބަލް ގިރިތާޖް މަނީ ޕޮކަހަރެލް އެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ .އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ކޮވިޑް 19 ގެ ހާލަތުގައި ދިމާވެފައިވާ އިޤްތިސޯދީ ދަތިތަކާއިއެކުވެސް ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ސެންޓެއްވެސް ބަޖެޓުން އުނިކުރުމެއްނެތި މަތީ ތައުލީމާއި ތަމްރީނުގެ ލޯނާއި އެހީ ދަރިވަރުންނަށް ފޯރުކޮށް ދެމުން ގެންދިޔަކަން ފާހަގަ ކުރެއްވިއެވެ. އަދި ތައުލީމަކީ ޝައްކެއްވެސް ނެތް ގޮތުގައި އިންސާނެއްގެ ދިރިއުޅުން އާރާސްތުކުރުމުގެ އެންމެ މުހިންމެ އެއް ބަހާ ކަމާއި އަދަށް ވުރެން އުޖާލާ މުސްތަޤުބަލެއް ހޯދުމަށްޓަކައިވެސް ތައުލީމުގެ މުހިންމުކަމުގެ ވާހަކަދެއްކެވިއެވެ. އެހެން ކަމުން އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވާންވާނީ މިފަދަ ހާލަތްތަކުގައިވެސް ތައުލީމު ދިނުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަން ވިދާޅުވިއެވެ.