ޚަބަރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ އެމް.އޯ.ޔޫ ގައި ބީ.އެމް.އެލް އާއި އެކު ސޮއެ ކުރުން
މި ޚަބަރު ޝާއިޢުކުރީ 28/11/2019

މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ކޯޕަރޭޓް ސްކޮލަޝިޕްގައި ބޭންކް އޮފް މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.

މިއާއިއެކު، ކޯޕަރޭޓް ސްކޮލަޝިޕް ސްކީމުގައި ބައިވެރިވި ކުންފުނިތަކުގެ އަދަދު 13 އަށް އެރީ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕްގައި މިހާތަނަށް ބައިވެރިވެފައިވާ ސަރުކާރުގެ ކުންފުނިތަކަކީ، އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އުރީދޫ މޯލްޑިވްސް އަދި އެންމެ ފަހުން ބައިވެރިވި ބޭންކް އޮފް މޯލްޑިވްސް އެވެ.

މި ސްކީމްގެ ދަށުން، ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެ އަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕްގެ ބާކީ ބައި، ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވެފައިވާ ކުންފުންޔަކުން ސްޕޮންސާ ކޮށްދޭނެ އެވެ. އޭރުން ފުލީ ފަންޑެޑް ސްކޮލަޝިޕަކަށް އެ ފުރުސަތު ބަދަލުވާނެ އެވެ.

ފަހުގެ ބައެއް ޚަބަރު