ޚަބަރު

"ބީ.އެމް.އައި.ޓީ.އެޗް.އީ" ސްކޮލަރޝިޕް ފޯރަމްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބައިވެރިވެއްޖެ.
މި ޚަބަރު ޝާއިޢުކުރީ 09/05/2024

ބައިނަލްއަގްވާމީ ފެންވަރުގެ ޔުނިވަރސިޓީތަކާއި ސްކޮލަރޝިޕް ދޫކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ލަންޑަންގައި ކުރިޔަށްދިޔަ ބީ.އެމް.އައި.ޓީ.އެޗް.އީ ގުލޯބަލް ސްކޮލަރޝިޕް ފޯރަމްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މި މެއި މަހުގެ 4 ން 7 ށް ކުރިޔަށް ގެންދިޔަ މި ފޯރަމަކީ ގުޅުންބަދަހިކުރުމުގެ އިތުރުން މަތީ ތަޢުލީމުގެ ފުރުސަތުތައް ކުރިއެރުވުމާއި ގުޅިގެން ޙިޔާލާއި މަޝްވަރާ ހިއްސާކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގެ ޔުނިވަރސިޓީތަކާއި ސްކޮލަރޝިޕް ދޫކުރާ ފަރާތްތަކަށް ބޭއްވި ފޯރަމެކެވެ.

މިފޯރަމްގައި މި ވުޒާރާގެ ތަމްސީލް ކުރެއްވީ، މި ވުޒާރާގެ ސްޓޫޑަންޓް ލޯނު ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް މުޙައްމަދު އާއި ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ސަމްރަތެވެ. ފޯރަމްގައި އެކިއެކި ޔުނިވާރޓީތަކާއި ކޮލެޖްތަކާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ކުރެވިދާނެ ކަންކަން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން ކުރު މުއްދަތުގެ ކޯސްތަކާއި އެކު ދިގު މުއްދަތުގެ ކޯސްތަކުގެ މަސައްކަތްތައްކުރުމާއި ރިސާރޗް ހެދުމުގެ އިތުރުން ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.