ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލް ސްޓޭންޑާރޑްސް ތައްޔާރުކުރުމާއި، ޓްރޭނިންގ މެޓީރިއަލްސް އަދި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އެންވަރމަންޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް އެންވަރމަންޓުގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބަރާހީމް ޙަސަނެވެ. މިނިސްޓްރީ އޮފް އެންވަރމަންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ގެ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.
"މި ފަހުމުނާމާގެ މަޤްޞަދަކީ ތިމާވެށީގެ އެކި ދާއިރާތަކުގެ ޚިދުމަތްދޭ ފަރާތްތަކަކީ ފަންނީ އަދި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި މަސައްކަތާއި އެކަށީގެންވާ ހުއްދަތަކެއް ނުވަތަ ސަނަދުތަކެއް އޮތްބަޔެއްކަމުގައި ހެދުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކެއް އެކުލަވާލުން"، ސޮއިކުރުމަށްފަހު މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ. އިތުރަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމް ގެ ދަށުން ބައިވެރިވާ ދަރިވަރުން ގެ މޮނިޓަރިންގ އަދި އެކްސްޓާނަލް އެސެސްމަންޓް ކުރިޔަށްގެންދާނީ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް ޓިވެޓް އޮތޯރިޓީ ގެ ސީދާ ބެލުމުގެ ދަށުންނެވެ.
ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. އެހެންކަމުން ތިމާވެށީގެ ދާއިރާއިން ޚާއްޞަ ތަމްރީންތަކެއް ލިބިފައިވާ ފަރާތްތައް އިތުރުވެގެން ދިޔުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިއްމު ބިންގަލަކަށް ވެގެންދާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ލިބޭނީ ޓިވެޓް އޮތޯރިޓީ ގެ ނެޝަނަލް ސެޓްފިކެޓެވެ.
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަށް އަލަށް އައްޔަންކުރެވުނު ކަ...