ޚަބަރު

މޯލްޑިވިސް ނެޝަނަލް ސްކްލިސް އޮތޯރިޓީއިން އެސެސަރ ވޯކްޝޮޕެއް ބާއްވައިފި
މި ޚަބަރު ޝާއިޢުކުރީ 25/04/2024

ނެޝަނަލަ އެސެސްމަންޓްތަކުގެ ފެނަވަރު ހިފެހެއްޓުމާއި، ނެޝަނަލް އެސެސްމަންޓް ކުރިއަށް ގެންދާނެގޮތް އެސެސަރުންނަށް ކިޔައިދިނުމާއި، މި އެސަސްމެންޓްތައް ކުރިއަށް ގެންދިޔުމުގައި އެސެސަރުންގެ ކަންބޮޑުވުންތައް ހިއްސާކުރުމާއި، އެބޭފުޅުންގެ ޙިޔާލާއި މަޝަވަރާ ހޯދުމަށް "އެސެސަރ ވޯކްޝޮޕް" ގެ ނަމުގައި ، މޯލްޑިވިސް ނެޝަނަލް ސްކިލްސް އޮތޯރިޓީ (އެމް. އެން. އެސް. ޑީ. އޭ) އިން މިއަދު ވޯކްޝޮޕެއް ބާއްވައިފިއެވެ.

މޯލްޑިވިސް ޕޮލިޓެކްނިކްގެ ކޮންފެރެންސް ރޫމްގައި ބޭއްވި މި ވޯކްޝޮޕްގައި ބައިވެރިވި 41 އެސެސަރުންނާއި އެމް. އެން. އެސް. ޑީ. އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދު ބައްދަލުކުރައްވައި، އެބޭފުޅުންގެ ޙިޔާލާއި މަޝްވަރާއާއި ގުޅިގެން ނޭޝަނަލަސް އެސަސްމަންޓް ހަރުދަނާ ކުރުމާއި ފެންވަރި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ހިއްސާކުރައްވާފައެވެ.

ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެމް. އެން. އެސް. ޑީ. އޭގެ ސީ.އީ.އޯގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ނާޖީ ޙުސައިން އަދި ސީނިއަރ އެޑްމިން އޮފިސަރ އައިޝަތު އަޒުލާ ޤާސިމެވެ.

ނެޝަނަލް އެސެސްމަންޓްއަކީ ނެޝަނަލް ކޮންޕީޓެންސީ ސްޓޭންޑަރޑަށް ފަންނީ މަސައްކަތްތަށް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކިފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި މަޢުލުމާތު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިއުޓްތަކުން ކުރިއަށްގެންދާ އިމްތިހާނުތަކުގެ އިތުރުން ނެޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިއަށް ގެންދާ އިމްތިހާނެކެވެ.

އެމް.އެން.އެސް.ޑީ.އޭ އަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ނަންބަރު: 7/2021(16 މޭ 2021) ގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ