ޚަބަރު

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްއާ ގުޅޭ ސްޓަޑީއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފި
މި ޚަބަރު ޝާއިޢުކުރީ 29/03/2022

މި ސްޓަޑީ ހެދުމުގެ މައިގަނޑު މަޤްސަދަކީ  ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި، ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނުމާ ގުޅިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފެއްޓެވި، "ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން" ސްކީމް، 14 ފެބްރުއަރީ 2019 ވަނަ ދުވަހު އެ މަނިކުފާނު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ ދަށުން މިހާތަނަށް 13,911  ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާތަނަށް ވަނީ ދެވިފައެވެ.

 

ފަހުގެ ބައެއް ޚަބަރު