ކޮވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން އިތުރު 35 ކޯހަކުން 1،400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ފަސް ފަރާތަކާއި ހަވާލު ކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ހަފްލާއެއްގައި، އެއްބަސްވުންތައް ހަވާލުކޮށްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން އަރައިގަތުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ ކަމަށާއި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ހުނަރުވެރި ވަރަށް ގިނަ ފަރާތްތައް އަމިއްލަ ވަޒީފާ ދޫކޮށް އަމިއްލަ ގައުމަށް ދިއުން އެއީ ގައުމަށް ދިމާވި އެއް ގޮންޖެހުން ކަމަށެވެ. އަދި މަސައްކަތްތަކަށް ބޭނުންވާ ހުނަރުވެރި ފަންނީ ޒުވާނުން ކުރު މުއްދަތެއްގެ ތެރޭގައި ތަމްރީނުކޮށްގެން ނެރުން އެއީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންއަކީ މިހާރަށްވުރެ އިހުތިރާމު ލިބިގެންވާ އަދި ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްދޭނެ ގިނަ ފަރާތްތައް އުފެދިގެން ދާއިރާއަކަށް ވެގެން ދިއުން ކަމަށެވެ.
މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ މަސައްކަތުގެ ބާޒާރަށް ނެރެ މަސައްކަތްކޮށް ކޮށް އަބުރުވެރި ބަޔަކަށް ހެދުންކަމަށާއި މިނިސްޓްރީގެ ވައުދަކީ އެމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
" އަޅުގަނޑުގެ އުއްމީދަކީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންއަކީ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ އިހުތިރާމް ލިބިގެންވާ ދާއިރާއަކަށް ވެގެންދިއުން." މިނިސްޓަރ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލްIII ގެ ކޯސްތައް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މިހާތަނަށް މިޕްރޮގްރާމްގެ ދަށުން 26 ކޯހެއް ހިންގުމަށް ހަވާލުކޮށްފައި ވަނީ އަމިއްލަ 6 ފާރާތަކަށެވެ. އެއީ 915 ދަރިވަރުން ތަމްރީނުކުރުށެވެ. އަދި މީގެ އިތުރުން މޯލްޑިވިސް ޕޮލިޓެކްނިކް 19 ކޯހެއް ހިންގައި 600 ދަރިވަރުން ތަމްރީނު ކުރުމަށް ހަވާލުކޮށްފައެވެ. މިޕްރޮގްރަމްގެ ދަށުން މިހާތަނަށް 222 ދަރިވަރުން ވަނީ ދަސްވެނިވެ ގައުމީ ސަނަދު ޚާސިލުކޮށްފައެވެ.
ކޯސްތައް ހަވާލުކުރެވުނު ފަރާތްތަކަކީ:
މިއަދު އެވޯޑް ކުރެވޭ 35 ކޯސް:
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...