މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބޭއްވިފަ އެވެ.
އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށް ޕްރޮޖެކްޓް ސައިޓުގެ މަޢުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުން މަޝްވަރާ ކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކުރެވުނެވެ.
މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ.
ހއ.ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.
މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ހިއްކި ސަރަޙައްދުން މިކަމަށް ކަނޑައަޅުއްވައި ދެއްވާފައިވާ 30،000 އަކަފޫޓްގެ ޖާގައިގައެވެ.
މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށްދާ ފޭސްގައި ކުރެވޭނީ އިންސްޓިޓިއުޓް ބްލޮކެއްގެ މަސައްކަތް އެކަނި ކަމުގައިވިޔަސް، ދެން ކުރިޔަށްއޮތް ފޭހުގައި އެކޮމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް ކުރެވޭނެ އެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.
މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެ އެވެ.
މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީރީ ޕްރޮޖެއްޓުގެ ފުރަތަމަ ސްޓީރިން މީޓިން ބާއްވައިފި
އެސް.އީ.ޖީ.އައި ގްރޫޕް އޮފް ޔުނިވާސިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ލީސާ ޓަން މިނިސްޓާރ އޮފް ހަޔަރ އެޑިއ...
މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރ ހަދީޖާ އަދާމް ސުރީލަންކާގެ ޓެކްނޮލޮޖިކަލް ކެންޕަސްގެ...
މޯލްޑިވްސް ނެޝަނަލް ޔުނި...
ތިމާވެށީގެ އެކިދާއިރާތަކާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ބޭނުންވާ ނެޝަނަލް އޮކިއުޕޭޝަނަލ...
މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން 4 ދުވަހަށް ހޮލިޑޭއިން ކަނޑޫމާ ރިޒޯޓުގައި ...